އިންޑިއާއިން ކޮވިޑް-19 އާ ދެކޮޅަށް އުފައްދާ ވެކްސިން ލިބޭ ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

އިންޑިއާގެ "ވިއޮން" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ ގަޑިން މާދަމާ މެންދުރު 14:00 ގައެވެ. މި ވެކްސިން ގެނައުމަށް ހަމަޖެހިފައިވަނީ އެއަރ އިންޑިއާގެ ފްލައިޓެއްގައެވެ.

ވެކްސިންއާ ގުޅުންހުރި ހުރިހާ އެޕްރޫވަލްތަކެއް ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާރު ދީފައިވާކަމަށްވެސް "ވިއޮން" ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. މިކަން އަދި ދިވެހިރާއްޖޭގެ އެއްވެސް ކަމާބެހޭ އިދާރާއަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.

އިންޑިއާގެ އަވައްޓެރި ގައުމްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދަރާ މޯދީ ވަނީ ކުރިން އިއުލާންކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖެއަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށާއި، ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން އިންޑިއާއިން ވެސް ފޯރުކޮށްދޭނެކަމަށް ސަންޖޭ ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.