ޅ. ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއުގައި މިއަދު ސޮއިކޮށްފިއެވެ. 

މިއަދު ހެނދުނު ޕްލޭނިން މިނިސްޓްރީ ގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. 

113,398,222.04 ރުފިޔާގެ މިކޮންޓްރެކްޓް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ 365 ދުވަހެވެ.

ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއުގެ ދަށުން، 218.9 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ޖެހުމާއި، 574.6 މީޓަރ ޝީޓްޕައިލް ޖެހުމާއި، 264.8 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2,466 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ. 

އަދި އޭގެ އިތުރުން ނުވަ ބޮލާޑް ހަރުކުރުމާއި 95 ފެންޑާ ހަރުކުރާނެއެވެ. މަޝްރޫއުގެ ދަށުން 179,780,40 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި ބިން ހިއްކާނެއެވެ.

ޕްލޭނިން އިން ބުނީ، މި މަސައްކަތަކީ ފެލިވަރުގައި ވޯލްޑްސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް އިންޑިއަން އެގްޒިމްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމާ ގުޅިގެން، މިމަސައްކަތަށް ބޭނުންވާ ބިންހިއްކުމާއި ބޮޑެތި ބޯ ކައިރިކުރެވޭ ގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް ކޮންސްޓްރަކްޓް ކުރުމަށްޓަކައި ހިންގޭ މަޝްރޫއެއް ކަމަށެވެ. 

މަޝްރޫއުތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާޑް ޕޭމަންޓް އުސޫލުން ސަރުކާރު ބަޖެޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.