މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް | ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާއިރު އެ މައްސަލާގައި އިތުރު އައު ހެކިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ މަހްލޫފްގެ މައްޗަށް އުވާކުރުމާއިމެދު ގޮތެއް ނިންމިފައިނުވަނީ ފުލުހުންނާއެކު ހޯދަން ޖެހޭ މައުލޫމާތެއް ހޯދުމުގެ މަސައްކަތްތަކެއް ކުރެވެމުންދާތީ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ވަނީ މި މައްސަލައާ ގުޅިގެން އިތުރު އައު ހެކިތަކެއް ހޯދުމުގެ މަސައްކަތްކުރަމުން ނުދާ ކަމަށް ހާމަކޮށްފައެވެ. އަދި ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދާފައި ހުރި ބައެއް ހެކިތަކާއި ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން އެކަން ފުލުހުން ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ، ފުލުހުންނާއި އޭސީސީން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި، ޕީޖީ އޮފީހަށް ފޮނުވީ ޖޫން 9 ވަނަ ދުވަހުއެވެ. އޭރުއްސުރެ 70 އަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ގޮތެއް ނުނިމި ވެފައިވާއިރު މައްސަލަ ލަސްވެފައިވާކަމަށް ޝަމީމް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައި ވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ.

މީގެކުރިން ހާމަވެފައިވާ ގޮތުގައި މަހްލޫފްގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ޑޮލަރުގެ މުއާމަލާތެއްގައި ފައިސާކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ. އަދި އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް އެސްއޯއެފްއަށް ފައިސާ ޖަމާކުރި ސްލިޕްތައް ވެސް މަހްލޫފް އާންމުކުރައްވާފައިވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން 2019 ވަނަ އަހަރު އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ވެސް ނިންމާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.