ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަމުގައި މި ސަރުކާރުގެ އަމަލުތައް ހުރީ ޒިންމާދާރުކަން ކުޑަކޮށްކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ނުރުހުން ފާޅުކުރައްވައިިފިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށައެޅުނު ބިލު ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މި އިންތިހާބު ބާއްވާ ތާރީހު ލަސްކުރުމަށް ކަމަށެވެ.  

ދައުރުން ބޭރުގައި ޖަލްސާ ބާއްވަައިގެން އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރި ނަމަވެސް، ސަރުކާރުގެ ވިސްނުން ރަނގަޅުނަމަ އެންމެ ފުރަތަމަ ޑިސެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހުތައް ފޮނުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އޭނާ ސިފަކުރެއްވީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ. 

މީގެއިތުރުން، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބު ބާއްވާއިރު، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ގެނެވޭ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވެފައެވެ. 

މީގެކުރިންވެސް އިދިކޮޅުން ވަނީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު މިނިވަންކަމާއި އެކު ބޭއްވޭނެ ކަމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިދިކޮޅަށް މިނިވަންކަމާއި އެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތުތައް ވެސް ވަނީ ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.