ކޮންޓްރެކްޓް ފާމިންގެ ފުރުޞަތު އިތުރު 11 ރަށަކަށް އެގްރޯ ނެޓް ކުންފުނިން ހުޅުވާލައިފިއެވެ.

ކޮންޓްރެކްޓް ފާމިން ހުޅުވާލީ ރަށްތަކުގެ ތެރޭގައި ށ. އަތޮޅުގެ ދެ ރަށާއި، ރ. އަތޮޅު ދެރަށާއި، ގއ. ދެ ރަށާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީންނެވެ. 

އެ ރަށްތަކަކީ، ށ. ނަރުދޫ، ށ. ގޮއިދޫ، ރ. ވާދޫ، އަދި ރ. ފައިނުގެ އިތުރުން ބ. މާޅޮހެވެ. ގއ. އަތޮޅު ދެރަށް ކަމަށްވާ ނިލަންދޫގެ އިތުރުން ގެމަނަފުއްޓަކީވެސް ކޮންޓްރެކްޓް ފާމަށް ހުޅުވާލި ރަށްތަކެވެ. މި ލިސްޓުގައި އިތުރަށް ހިމެނ ރަށްތަކަކީ ޏ. ފުވައްމުލަކުގެ އިތުރުން ސ. މީދޫއެވެ. ކޮންޓްރެކްޓް ފާމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ފ. މަގޫދޫގެ އިތުރުން ނ. މަނަދޫ ހިމެނެއެވެ. 

މި ރަށްތަކުގައި ކޮންޓްރެކްޓް ފާމިން  އަށް ރެޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހާކީ މި މަހުގެ 26 ވަނަ ދުވަހެވެ. 

ދަނޑުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޓުން ދަނީ އެކި ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ދަނީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ އެ ތަކެތި ވިއްކަން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ. މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނެގުމަށް ހުސްވި އަހަރު ސަރުކާރުން ވަނީ ނިންމާފައެވެ. 

ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތަކަށް، ބޭރުގެ އެހީދޭ ޖަމިއއްޔާ އަދި ޖަމާއަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް، ސަރުކާރުން ކުރަމުން އަންނަކަމުގައި، ދަނޑުވެރިކަމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.