ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރު ވައްޓާލުމަށްފަހު، އޭގެ ފަހުން ރާއްޖޭގައި ވެރިކަން ކުރި ފަރާތްތަކުން މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ކަމަށާއި އެ ފަރާތްތަކަކީ އެ ނިޒާމުގެ ދުޝްމަނުން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަހަށް ބޭއްވުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށައެޅުނު ބިލް ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު ވަނީ މާޒީގައި އިދިކޮޅުން ކޮށްފައިވާ ކަންކަން ހަނދާނަށް ގެންނަވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ދެން ވެރިކަމާއި ހަވާލުވި ފަރާތްތަކުން ކައުންސިލްތައް ސަސްޕެންޑްކޮށް، އެ ފަރާތްތަކުގެ މަަސައްކަތްތަކަށް ހުރަސް އެޅިކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. 

މެމްބަރު ވިދާޅުވީ އެފަދަ ފަރާތްތަކަށް މިއަހަރު އޮންނަ ކައުންސިލް އިންތިހާބުން ދިވެހި ރައްޔިތުން ޖާގައެއް ނުދޭނެ ކަމަށެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެންމެ ފުރަތަމަ ރާއްޖޭގައި ދައްކަން ފެށީ އެމްޑީޕީން ކަމަށާއި އެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށީވެސް އެ ޕާޓީން ކަމަށެވެ. ލާވަރުކަޒީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި އެމްޑީޕީ މެމްބަރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ މި އިންތިހާބު ކުރިއަށްދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މިނިވަންކޮށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.