ޒުވާން އަންހެނަކު ގެއްލިގެން އުޅޭ ކަމަށް ޝޯޝަލް މިޑިއާގައި ބުނާ ވާހަކަ އެ ޒުވާނާ ދޮގުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަންހެނަކު ގެއްލިގެން އުޅޭ ކަމަށް ބުނާ ޕޯސްޓެއް ދަނީ ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދައުރު ކުރުވަމުންނެވެ.
އެކަމާއި ގުޅޭ ގޮތުން މީޑއާތަކަށް ފުލުހުން ފޮނުވި މެސެޖެއް ގައި ބުނީ، އަންހެނަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް އިއްޔެ ރޭ 20:30 ހާއިރު އޭނާގެ އާއިލާއުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން އޭނާ ގެއްލިފައިވާނުވާ ކަމަށާއި، އައިލާއާ މެދު ހުރި ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން އޭނާ އަމިއްލަ ގެއިން ނިކުމެގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އަންހެން މީހާގެ ލޯބިވެރިޔާ ވަނީ އޭނާ ''ބްލެކްމެއިލް'' ކޮށްގެން ގެންގޮސްފައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި އަންހެން މިހާ މިހާރު ހުރީ އޭނާގެ ލޯބިވެރިޔާ ގޭގައެވެ.
މީޑިއާތަކުން އެހެން ރިފޯޓް ކުރުމާއި ގުޅިގެން ފޭސްބުކް ގައި އެ ޒުވާނާ ކަމަށް ލަފާކުރެވޭ މީހަކު ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ބުނީ، އޭނާ ބްލެކްމެއިކް ކުރަނީ އާއިލާއިން ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމުގެ ޔަގީންކަން ވަނީ އެ ޕޯސްޓުގައި ދީފައެވެ.