ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްޤީކުރުމުގެ 5 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ. 

އެމްޓީސީސީން ބުނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 5 ޕަސެންޓް ވަނީ ނިމިފައިކަމަށެވެ. އަދި ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް 16 ޖެނުއަރީ 2021 ވަނަ ދުވަހު ވަނީ ފަށާފައިކަމަށެވެ. 

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރެވުނީ 144.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 1.2 ކިލޯމީޓަރުގެ ރަންވޭއެއް އެޅުމަށްވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން 30 މިނިޓުން ދެވޭނެ އެއާޕޯޓެއް އޮތުމެވެ. މި މަސައްކަތުގެ ދަށުން ދާދި ފަހުންވަނީ ހއ. ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށް ހުޅުވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.