ކޮވިޑް 19 އަށް މިއަދު ރާއްޖެއިން 69 މީހަކު ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން 35 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 35 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 26 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 8 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،330 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 960 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،566 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައިވެއެވެ.