ސ.ހިތަދޫ ކައިރިން ލޯންޗެއް ދިޔަވާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ދިޔަވަމުންދަނީ މަހަށް ނުކުމެ އުޅުނު "ބްލެކް ހެރޮން" ނަމަކަށް ކިޔާ ލޯންޗެކެވެ. އެ ލޯންޗުގައި 7 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހަވީރު 5:13 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަރން އޭރިއާ ކޯސްޓް ގާރޑް ސްކުއަޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން، އިރުއޮއްސި 6:30 ގައި ސިފައިން މައުލޫމާތު ދީފައިވާ ގޮތުގައި، އޭރު ދިޔައީ ލޯންޗް ހިތަދޫއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.