ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންޓާރންޝިޕް ފުރުސަތު 20 ފަރާތަކަށް ހުޅުވާލައިފިއެވެ. 

އެޗްޑީސީއިން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން، މި ފުރުސަތު ހުޅުވާލެވިފައިވަނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވާ ފަރާތްތަކަށެވެ. އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަދައްކަން ފަރިތަ، އަދި އެކްސެލް ބޭނުންކުރަން ދަންނަ ހުރިހާ ފަރާތްތަކުންވެސް މި ފުރުސަތުގެ ބޭނުން ހިފުމަށް އެޗްޑީސީއިންވަނީ އެދިފައެވެ.

މި އިންޓާރންޝިޕްގެ ފުރުސަތުގެ ދަށުން ދެ މަހުގެ މުއްދަތަކަށް ތިލަފުށީގައި މަސައްކަތްކުރަން ޖެހޭނެއެވެ. އެގޮތުން، ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ތިލަފުށީގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ސަރވޭ ކުރިއަށްގެންގޮސް ޑޭޓާ ރިކޯޑްކުރުމެވެ.

މި ފުރުސަތުގެ ދަށުން ހޮވޭ 20 ފަރާތަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 200 ރުފިޔާ ލިބޭނެއެވެ. އަދި، އިތުރު އެލަވެންސްގެ ގޮތުގައި 95 ރުފިޔާވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޑީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިންޓާރންޝިޕްއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *