މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ބިއްލޫރި ޕެލެޓްތަކެއް ބަރުކުރަނިކޮށް ޕެލެޓް ދަށުވެ އަނިޔާވި މީހާ ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ކުރަން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ފަށައިފިއެވެ. 

''ޖަޒީރާ'' އަށް މައުލޫމާތު ލިބިފައިވާ ގޮތުން، މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާއިރު، މައްސަލައާ ގުޅުންހުރި މީހުން ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. 

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރެވޭނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުންވެސް ވަނީ ކުރިން ހާމަކޮށްފައެވެ. 

ޕެލެޓް ދަށުވެ ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ނ. ލަންދޫގެ ޒުވާނެއް ކަމަށްވާ އަބްދުﷲ އާސިމްއެވެ. މި މަހުގެ ހަތް ވަނަ ދުވަހު ހިނގި މި ހާދިސާ ގައި އާސިމްގެ އިތުރުން އެހެން މީހަކަށްވެސް ވަނީ އަނިޔާވެފައެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުން ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ކޮންޓެއިނަރު ތެރޭގައި ހުރި ބިއްލޫރި ޕަލެެޓެއް އަރިއަޅާލައި އެ ދެ މީހުން އޭގެ ދަށުވެގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.