މާދަމާ އިން ފެށިގެން އައްޑު ސިޓީގައި ކޮވިޑް-19 ށް ޓެސްޓު ކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން ބުނީ އެ ސިޓީގައި ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި، ސާމްޕަލް ނަގާނީ އާއްމުންނާއި ގާތުން ހިދުމަތްދޭ ތަންތަނުން ކަމަށެވެ.
މީގެކުރިންވެސް އައްޑޫ ސިޓީއިން ރެންޑަމްކޮށް ސާމްޕަލް ނަގާ ވައިރަހަށް ޓެސްޓުކޮށްފައިވެއެވެ.
މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުން ކޮވިޑު ފެނި، ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި ރަށްތަކުގެ ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.