މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ބަލަހައްޓާ ފިޔަވަތީގެ މެއިންޓެނަންސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. 

މި އެމްއޯޔޫ ގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު ހެނދުނު ޖެންޑަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުވާޓްއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން އެ މަރުކަޒުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކޮށް، ސަރވިސްކޮށް ބެލެހެއްޓުމާއި އިމާރާތުގައި ބޭނުންކުރެވޭ ބޮކި ލެޑް ލައިޓަށް ބަދަލުކުރުން ހިމެނޭ ކަމަށް ޖެންޑަރއިން މައުލޫމާތުދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.