15 އަހަރުގެ ކުޑަ ކުއްޖަކާއި މެދު ޖިންސީ އަމަލު ހިންގުމާއި އެ އަމަލު ހިންގުމަށް ގްރޫމްކުރި މައްސަލައިގައި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
15 ޖެނުއަރީގައި ފުލުހުންނަށް ހުށައެޅުނު މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް އެ އިދާރާއިން ބުންޏެވެ.