ފަސް ސަތޭކަ ރުފިޔާގެ ވަގުނޫޓް ދައުރާާވާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ދޮގުކޮށްފިއެވެ. 

ފަސް ސަތޭކަ ރުފިޔާގެ ފޭކް ނޫޓުތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ޝޯޝަލް މީޑިއާ ގައި ދަނީ ދައުރުވަމުންނެވެ. 

އެކަމާއި ގުޅޭ ގޮތުން ''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ މީޑިއާ އޮފިސަރު ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ 500 ރުފިޔާގެ ނޫޓު އެއީ ސައްހަ ނޫޓެއްކަން އެ އޮތޯރިޓީން ބެލިބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ. 

ނަމަވެސް ކޮންމެވެސް ގޮތަކުން އެ ނޫޓްގައި ކުލައެއް ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި އަދި އެ ކުލަ ފިލުވުމަށް ކެމިކަލްއެއްގެ ބޭނުން ކުރުމުން ނޫޓުގެ ކުލަ ފަނޑުވެފައިވާކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

''އެ ނޫޓުގައި މި ދެންނެވި ކަންކަން ހުރި ނަމަވެސް އެ ނޫޓަކީ ސައްޙަ ނޫޓެއް، ރާއްޖޭގައި ވަގު ނޫޓް ދައުރުވަމުން ނުދާކަން އަޅުގަނޑުމެން ޔަގީންކޮށްދެން.'' މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އެއްވެސް ނޫޓަކާއި ދޭތެރޭ ޝައްކު އުފެދިއްޖެނަމަ ވީ އެންމެ އަވަހަކަށް އެމްއެމްއޭގެ ސަމާލުކަމަށް ގެނައުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.