ދުވާލު ވަގުތުތަކުގައި މާލޭގެ މަގުތައް ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ނުކުރެވޭ ގޮތަށް ހަދާ، ރޭގަނޑު އެ މަސައްކަތް ކުރާ ގޮތަށް ހުއްދަދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދުކުރުމަށް ކުރިން ރޭނގަޑަށް ހުއްދަ ދިން ނަމަވެސް، މި އުސޫލު ބަދަލުވެ، ދުވާލު ވަގުތުތަކުގައި މަގު ބަންދުކުރުމުގެ ހުއްދަ ދޭން ފެށީ ކޮވިޑާއި ގުޅިގެންނެވެ.
ރޭގަނޑު ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާތީ އާއްމުންގެ ޝަކުވާތައް ގިނަވި ނަމަވެސް، މިގޮތަށް ނިންމާފައިވަނީ ސްކޫލްތައް ހުޅުވުމުން ދަރިވަރުންނަށާއި މަގުމަތީގައި އުޅޭ އާއްމުންނަށް ވެސް ފަސޭހަ ވާނެ ގޮތް މަގުފަހިކުރުމަށްޓަކައި ކަމަށް މައުލޫމާތު ލިބެއެވެ.
ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށްޓަކައި ހުއްދަ ހަވީރު 6:00 އިން ފެށިގެން ރޭގަނޑު 12:00 އާއި ހަމައަށް ދޫކުރި ނަމަވެސް ބައެއް މަސައްކަތް ކުރުމަށް ދުވާލު މަގު ބަންދުކުރުމުގެ ހުއްދަ ލިބޭނެއެވެ.