އއ. އަތޮޅުގައި ހިންގަމުން އަންނަ ވެލިގަނޑު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެ ރިސޯޓުގައި އަލިފާންގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 14:15 ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގެސްޓު ރޫމް އެއްގައި ކަމަށާއި، މުވައްޒަފުންވެގެން އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މާލެއިން ސީޕްލޭން ގައި 20 މިނިޓް ތެރޭ ދެވޭ ވެލިގަނޑު ރިސޯޓުގައި ފަސް ވައްތަރެއްގެ އެކި ފަންތީގެ ކޮޓަރިތަކެއް ހުރެއެވެ.