ހިޔާ މަޝްރޫއުގެ ފްލެޓްްތަކަށް ޕޮއިންޓް ދިނުމުގައި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީހު ބަންދުވެ، ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމުން އެ ކަން ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި މައްސަލަތައް އެ ކޮމިޝަނުން ނުބަލާނެ ކަމަށް ބުނެފިއެވެ. 

'ޖަޒީރާ' އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ކަމާއި ގުޅިގެން އެ ކޮމިޝަނަށް 100 ށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޝަކުވާ ހުށައެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ފްލެޓު ކޮމެޓީ އަށް ލަފާދީފައިވާނެ ކަމަށެވެ. 

އެ ކޮމިޝަނުން ވަނީ އޭގެ ފަހުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ބެލި ބެލުމުގައި އެއީ އެއްވެސް މީހަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ހިނގާފައިވާ ކަމެއް ކަން ފާހަގަނުވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން ނިންމީ އެ މައްސަލަތައް ތަހުގީގު ނުކުރާ ގޮތަށެވެ. 

ފްލެޓް ކޮމިޓީން މިހާރު ދަނީ ހުށައެޅޭ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.