މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. 

އެ ކޯލިޝަންގެ ގާނޫނީ ޓީމުން ސިވިލް ކޯޓުގެ ބޭރުގައި ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ކޯލިޝަނުން މިއަދު ހުށަހަޅަން އައި މައްސަލައަކީ ކައުންސިލް އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައި ތިއްބެވި އެއްވެސް ބޭފުޅަކަށް އިންތިހާބުގައި ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިފައިވާ ނުވާތީ ހުށަހެޅި މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުން ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެއެވެ. 

އަދި އެ މައްސަލަ ހުށަހެޅުމުން މައްސަލަ ބަލައިގެންފައިނުވާ ކަމަށާއި އަދި އެކަމާއި ގުޅިގެން ސިވިލް ކޯޓުގެ ރެޖިސްޓްރަރ އާ ވެސް ބައްދަލުކުރެއްވި ކަމަށް އެ ކޯލިޝަނުން ހާމަކޮށްފައިވެއެވެ. ގާނޫނު އަސާސީއިން ވަރަށް ގިނަ ހައްގުތަކެއް ލިބިފައިވީ ނަމަވެސް އެބޭފުޅުންނަށް އޭގެއިން އެއްވެސް ހައްގެއް ނުލިބޭ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ދައުވާ ކުރުމުގެ ހައްގު އެންމެހާ ރައްޔިތުންނަށް ވެސް ލިބިފައިވާ ކަމަށާއި ދައުވާ ބަލައިގަތުމާއި ނުގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނީ ދައުވާގެ ލިޔެކިޔުންތަކަށް ބެލުމަށްފަހު ކަމަށް ވެސް އެކޯލިޝަންގެ ވަކީލުން ވިދާޅުވިއެވެ. 

މި މައްސަލާގައި ކުރިޔަށްދާން ޖެހޭ ހުރިހާ މަރުހަލާއެއް ކަޑައްތު ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުން ހާމަކޮށްފައިވެއެވެ. މިފަދަ މައްސަލައެއް ހުށަހަޅާފައިވާއިރު ކޮވިޑްގެ ސަބަބުން ކެމްޕޭން ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮންޖެހުންތަކެއް ހުރިއިރު ވެސް ދާދިފަހުން އެ ކޯލިޝަންގެ ޖަލްސާއެއް ވެސް ކާނިވާ ސަރަހައްދުގައި ބާއްވާފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.