ވެރިކަން ކުރާ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ގދ. އަތޮޅު ކައުންސިލް އަދި ގދ. ތިނަދޫ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި އެ ޕާޓީގެ ފަރާތުން ބައްދަލުކޮށްފިއެވެ.

ހޯމަ ދުވަހު އެ ޕާޓީގެ އޮފީހުގައި މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށެވެ. މި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައެވެ. ރައީސް ނަޝީދުގެ އިތުރުން އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޗެއަރޕާސަން ހަސަން ލަތީފްގެ އިތުރުން ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

ތިނަދޫގެ ތަރައްގީއަށް މި ސަރުކާރުން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން އެރަށުގައި ބައިނަލްއަގްވާމީ ފެންވަރުގެ ބަނދަރެއް ގާއިމްކުރުމާއި، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރުމާއި، އެ ރަށުގެ މަގުތައް ހެދުމާއި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް އެ ރަށުގައި ގާއިމްކުރުމުގެ އިތުރުން އެރަށުގެ ބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ ހުވަދޫ އަތޮޅުގައި ވެސް މި ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުަތަކެއް ހިންގަމުންނެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ވަކި ދުވަހެއް މިހާތަނަށް ފައިނަލް ކުރެވިފައިނުވާއިރު އެމްޑީޕީއިން އަންނަނީ އެ ޕާޓީގެ ހަރަކާތްތައް ރާވައި ކުރިޔަށްދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވައި އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ކޮވިޑް 19 އާ ގުޅިގެން މިކަމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިވި ނަމަވެސް އެޕާޓީއިން އަންނަނީ ކެންޑިޑޭޓުންނާއި ބައްދަލުކޮށް ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކާއި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް ވާދަކުރާ ކެންޑިޑޭޓުން މެދުވެރިކޮށް މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ކ. ގުރައިދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ވެސް މިފަދަ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.