ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ. 

ހުވަދޫ އަތޮޅުގައި ކޮވިޑް 19 ފެތުރެމުންދާއިރު ބައެއް ރަށްތައް މިވަގުތު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށު ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ޓީޗަރެކެވެ. މި މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަވީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ކަރަންޓީނުން ވީއްލުމަށް ހެދި ޕީސީއާރު ޓެސްޓްގެ ނަތީޖާއިންނެވެ. 

ގއ. ދެއްވަދޫއިން ކޮވިޑް 19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވެ ހުވަދޫ އަތޮޅަށް ބަލި ފެތުރުމުގެ ބިރު ވަނީ ހީވެފައެވެ. އެހެންކަމުން ހުވަދޫ އަތޮޅުގެ ރަށްތަކުން އަންނަނީ މި ބަލި ފެތުރުނަ ނުދިނުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.