އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުން އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވިއިރު މެންޗެސްޓަރ ސިޓީ މޮޅުވެ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މި ސީޒަނުގައި ކުޅުނު އެންމެ މުހިންމު އެއް މެޗު ކަމަށްވާ ލިވަޕޫލް އަދި ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން ހަމަލާތައް ގިނަކުރިއިރު ޕައުލް ޕޮގްބާ އަދި ބްރޫނޯ ފަނާންޑޭޒް އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ. 

ސިޓީ އިން ވަނީ 4-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ޖޯން ސްޓޯންސް ޖަހައިދިންއިރު ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި ޖަހައިދިނީ އިކޭ ގުންޑޮގާންއެވެ. 68 ވަނަ މިނެޓުގައި ސްޓޯންސް ދެވަނަ ލަނޑެއް ޖަހައިދިންއިރު 88 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. 

ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕްރިމިއަރ ލީގުގެ އެއްވަނާގައި އޮތީ ޔުނައިޓެޑެއެވެ. އެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން 35 ޕޮއިންޓާއެކު ސިޓީ ދެވަނާގައި އޮތްއިރު ލެސްޓާ އޮތީ ތިންވަނަގައިއެވެ. ލިވަޕޫލް އޮތީ ހަތަރުވަނައިގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.