ފްރެންޑްސް ގެ އެންމެ ފަހު އެޕިސޯޑް ރިލީޒްވިތާ 17 އަހަރަށްފަހު، މި ޝޯގެ ފަންނާނުން ވަނީ ޙާއްސަ ރީޔޫނިއަން ސްޕެޝަލް އެއް ގެނައުމަށް އެއްބަސްވެފައެވެ.

ރޮބް ލޯގެ ޕޮޑްކާސްޓްގައި ފްރެންޑްސްގައި ފީބީ ބުފޭގެ ރޯލު އަދާކުރި ލީސާ ކުޑްރޯ ބުނެފައިވަނީ އޭނާ މީހަރުވެސް ކޮންމެވެސް ވަރަކަށް މި ސްޕެޝަލް ރީޔޫނިއަންގެ ތަންކޮޅެއް ޝޫޓް ކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު މި ރީޔޫނިއަން އަކީ އެމީހުންގެ މަޝްހޫރު ޝޯގެ އިތުރު އެޕިސޯޑެއް ނޫންކަމަށާއި އެއީ ޝޯގެ ފަންނާނުންނާ މި ޝޯ އުފެއްދި މީހުން ފްރެންޑްސްގެ އެޕިސޯޑުތައް ކުޅެފައިވާ ސެޓުގައި އެންމެން އެއްތަނެއްގައި ތިބެ ހަނދާންތައް އާ ކޮށްލުމެއް ކަމަށް ލިސާ ކުޑްރޯ ވަނީ އިތުރަށް ބުނެފައެވެ.

"މިއީ ސްކްރިޕްޓެޑް އެޕިސޯޑެއް ނޫން. އަހަރުމެންގެ ޝަޙުސިއްޔަތުގެ ގޮތުގައެއް ނޫން އަހަރުމެން ފެނިގެންދާނީ. މިއީ ހަމަ އަހަރުމެންގެ އެއްވެލުމެއް, މިއީ ގިނައިން ވާ ކަމެއް ނޫން އަދި 2004 ވަނަ އަހަރު ސީރީޒް ނިމުނު ފަހުން ބެލުންތެރިންގެ ކުރިމައްޗަށް މިގޮތަށް އެންމެން އެކީގައެއް ފެނިފައެއް ނޯންނާނެ."  

އެޗްބީއޯ މެކްސް އިން ފްރެޑްސް ރީޔުނިއަން އެޕިސޯޑް އާންމުންނާއި ހިސާބަށް ދައްކާލެވޭނެ ތާޜީހެއް އިއުލާންކޮށްފައި ނުވެއެވެ. މިދިޔަ އަހަރުގެ މާރޗް މަހުގައި ފިލްމުކޮށް މޭގައި އެޗްބީއޯ މެކްސް އިން ޕްރިމިއާރ ކުރަން ރޭވިފައިއޮތް ކަމުގައިވިޔަސް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން މި ޕްރޮޖެކްޓްގެ މަސައްކަތް ފަސްކުރަންޖެހުނެވެ.

ޖެނިފަރ އެނިސްޓަން (ރޭޗަލް), ކޯރޓްނީ ކޮކްސް (މޮނިކާ), ލީސާ ކުޑްރޯ (ފީބީ), މެތިއު ޕެރީ (ޗޭންޑްލަރ), ޑޭވިޑް ޝްވިމަރ (ރޮސް) އަދި މެޓް ލެބްލާންކް (ޖޯއީ) އާއެކު މި ސްޕެޝަލް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ފްރެންޑްސް ޝޯގެ ސެޓް ކަމަށްވާ ކެލިފޯރނިއާގެ ބާރބޭންކްގެ ވަރނަރ ބްރޯސް.ސްޓޫޑިއޯގެ ސްޓޭޖް 24 ގައެވެ.

ފްރެންޑްސް ރީޔުނިއަން ސްޕެޝަލްގައި ފެނިގެންދާނީ މި ސީރީޒްގެ ތަރިން އެމީހުން ފްރެންޑްސް ޝޫޓްކުރި ސެޓަށް ގޮސް ހަނދާން އާކޮށްލުމުގެ މަންޒަރުތަކެވެ. ހަމައެއާއެކު "ރެއަރ ބިހައިންޑް-ދަ-ސީންސް ފުޓެޖް" ފެނިގެންދާނެ ކަމަށް މިޝޯއަށް ލޯބިކުރާ މީހުން އުއްމީދުކުރެއެވެ.

މި ސްޕެޝަލްއަކީ ފްރެންޑްސް ސީރީޒްގެ 236 އެޕިސޯޑްތަކަށް އިތުރުވާނެ އެޕިސޯޑެއް ނޫންކަމަށް އެޗްބީއޯ މެކްސް އިން ވަނީ ފާހަގަކޮށްފައެވެ.

ސީރީޒް ލިޔެ އުފެއްދި މީހުން ކަމަށްވާ ޑޭވިޑް ކްރޭން, މާރްތާ ކޯފްމަން, ކެވިން ބްރައިޓް އަދި ދަ ލޭޓް ލޭޓް ޝޯ ވިތް ޖޭމްސް ކޯރޑެންގެ ލިޔުންތެރިޔާ ބެން ވިންސްޓަން ޑައިރެކްޓް ކުރާ މި ފްރެންޑްސް ރީޔުނިއަންގައި ފްރެންޑްސްގެ ތަރިންނާއި ޑައިރެކްޓަރުންނަކީ އެކްޒެކެޓިވް ޕްރޮޑިއުސަރުންނެވެ.

ދިވެހި
ރާއްޖޭގެ ނެޓްފްލިކްސްގެ ގަދަ ދިހައެއްގެ ކޮންމެވެސް ވަނައެއްގައި އަބަދުވެސް
ފްރެންޑްސް އޮވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.