ކުރިޔަށް އޮތް ތިން ހަފްތާގެ ތެރޭގައި އެމެރިކާއިން 90،000 އަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ސިއްޚީ މާހިރުން ލަފާކޮށްފިއެވެ. އާއަހަރުގެ ފުރަތަމަ ދެ ހަފުތާގައިވެސް އެމެރިކާއިން އެކަނި ވަނީ 38,000 މީހުން މަރުވެފައެވެ.

ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އަންދާޒާކުރާ
ގޮތުގައި އަންނަން އޮތް 3 ހަފުތާގެ ތެރޭގައިވެސް 92,000 މީހުން އެމެރިކާގައި
ކޮވިޑް-19 އިން މަރުވާނެއެވެ. މި ވައިރަސް އާ ގުޅިގެން މިވަގުތުވެސް އެމެރިކާގެ ހޮސްޕިޓާލްތަކުގައި 130,300 މީހުންނަށް ފަރުވާ ދެމުން އަންނަކަން ކޮވިޑް ޓްރެކިން ޕްރޮޖެކްޓްގެ ހޯދުންތަކުން ދައްކައެވެ.

މި ހަފުތާގެ ކުރީކޮޅު ލުއިޒިއާނާގެ ގަވަރުނަރ ވިދާޅުވީ އެ ސަރަހައްދުގައިވެސް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދާއި ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް އަރާފައިވާ ކަމެވެ. ހަމައެއާއެކު އެރިޒޯނާގެ އޮފިޝަލުންވެސް ވަނީ ކޮވިޑް-19 އަށް ފަރުވާ ދެމުން އަންނަ މީހުންނާއި އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މައްޗަށް ޖެހިފައިވާ ކަން ފާހަގަކޮށްފައެވެ. ލޮސް އެންޖެލިސް ކައުންޓީގައި މި ބަލިމަޑުކަން ފެށުނު ފަހުން ކޮންމެ 3 މީހުން ކުރެ އެކަކަކީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެއްކަން އެ ކައުންޓީގެ އޮފިޝަލުން ޝާއިއުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. 

ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ގެ ސަބަބުން ވެރިކަންކުރާ ވޮޝިންޓަން ޑީސީ ގައި ކުރިއަށްވުރެ އިތުރަށް ކޭސްތައް ފެނިގެން ދާނެކަމަށް ލަފާ ކުރެވެއެވެ. ދުވާލެއްގެ މަތިން އެވަރެޖްކޮށް 320 އާ ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާއިރު ޑީސީއިން މިހާތަނަށް ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުންވެސް ޖުމްލަ 32.600 ކޭސްތައް ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ކަމަށް އައްޔަން ކުރަން ހަމަޖެހިފައިވާ ޖޯ ބައިޑަންގެ އެމެރިކާ ރެސްކިއު ޕްލޭންގެ ދަށުން ކަނޑައެޅިފައިވާ ގޮތުން 1.9 ޓްރިލިއަން ޑޮލަރުގެ އެމަރޖެންސީ ލެޖިސްލޭޓިވް ޕެކޭޖްގެ ޤައުމީ ވެކްސިނޭޝަން ޕްރޮގްރާމްތަކާއި ޓެސްޓުކުރުން އިތުރުކުރުމަށް 160 ބިލިއަން ޑޮލަރު ފަންޑުކުރުމަށް ހަމަޖެހިފައިވެއެވެ. 

މިހާތަނަށް އެމެރިކާގައި 380,000 އަށްވުރެ ގިނަ މީހުން ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވެފައިވާއިރު ދުވަހަކަށް ވުރެ ދުވަހެއް އެމެރިކާގައި ފައްސިވާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.