ކޮވިޑް 19 އާ ގުޅިގެން ނިއުޒިލޭންޑްގައި އަޅާފައިވާ ކަރަންޓީން އަދި އެކަހެރިވުމުގެ ފިޔަވަޅުތަކުގެ
ހަރުކަށިކަމުން ނިއުޒިލޭންޑްގެ އޯކްލޭންޑް ފުޓުބޯޅަ ކަލަބަށް ފީފާގެ ކްލަބް ވޯލްޑް
ކަޕްގައި މި އަހަރު ބައިވެރި ނުވެވޭނެކަމަށް އެ ކްލަބުން ފީފާއަށް އަންގައިފިއެވެ.

ނިއުޒިލޭންޑް ތަމްސީލުކުރާ އޯޝެނިއާ ފުޓްބޯލް ކޮންފެޑެރޭޝަން، އޯ.އެފް.ސީ އާއި ފީފާއާ ދެމެދު އެތަކެއް މަޝްވަރާ ބައްދަލުމަކަށް ފަހުގައިވެސް ނިއުޒިލޭންޑްގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވުމުން މިފަހަރު އޯކްލެންޑް އެފް.ސީ އަށް މި އަހަރުގެ ފީފާ ކްލަބް ވޯރލްޑް ކަޕް ޖެހުނީ ނުކުޅެ ދޫކޮށްލާށެވެ. 

ފީފާއާއި ނިއުޒިލެންޑް ފުޓްބޯލް ކްލަބް އަދި އޯއެފްސީއާ( އޯޝެނިއާ ފުޓްބޯލް ކޮންފެޑެރޭޝަން) މަޝްވަރާ ކޮށްގެންވެސް ނިއުޒީލެންޑްގެ ސަރުކާރުން ކަނޑައަޅާފައިވާ އައިސޮލޭޝަން އަދި ކަރަންޓީން ކުރުމުގެ އުސޫލުތަކާ ފީފާއާ އެކު ހައްލެއް ހޯދިފައެއް ނުވެއެވެ.

ހަތަރު މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑް ގައި
ކޮވިޑް-19 ޖެހިފައިވަނީ އެންމެ ދެހާހެއްހާ މީހުންނަށެވެ. އަދި މި ބަލިމަޑުކަމުގައި
މަރުވެ ދިޔަ މީހުން 30 އަށް ވެސް ނާރައެވެ.

މި މުބާރަތުގެ ހުރިހާ ބައިވެރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ފީފާ އާއި ގަތަރުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެކަމަށް ވަނީ ބުނެފައެވެ. އޯކްލެނޑް ސިޓީ ވަކިވުމާއި ގުޅިގެން މި މުބާރާތް ފެށިގެންދާނީ ފުރަތަމަ ރައުންޑުން ކަމަށްވާއިރު މުބާރާތުގެ ފޯރމެޓަށް އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މުބާރާތުގެ މެޗްތަކުގައި ވާދަކުރާނެ ޓީމްތަކުގެ ގުރުއަތުލުން ހަމަޖެހިފައިވަނީ ޖަނަވަރީ 19 ވަނަ ވާ ދުވަހު ސްވިޒަލޭންޑްގެ ޒިއުރިކްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.