މަރުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާންކޮށްފިއެވެ.
މި މީހާ ހޯދުމަށް އިއުލާންކޮށްފައިވަނީ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މަރުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ޢަލީ ޙޮސެއިން (32އ) އެވެ. އެހެން ނަމަވެސް މި މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވެސް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.