އިނގެރޭސިވިލާތުގެ އާސެނަލް ދޫކޮށް ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ތުރުކީގެ އިސްތަންބޫލުގެ ޓީމެއްކަމަށްވާ ފެނަބާޗޭއަށް ބަދަލުވެއްޖެއެވެ.

މި ބަދަލާ ގުޅިގެން އޮޒިލް ބުނެފައިވަނީ އޭނާ އަކީ ފެނަބާޗޭގެ ސަޕޯޓަރެއްކަމަށާއި އެޓީމާއެކު ތުރުކީއަށް ދެވޭތީ ވަރަށް އުފާވާކަމަށެވެ. ފެނަބާޗޭގެ ޖޯޒީ ލުމުގެ ފުރުޞަތު މާތްރަސްކަލާނގެ ދެއްވީތީ އިރާދަކުރެއްވިއްޔާ އެ ޖޯޒީގައި ކުޅޭނީ ވަރަށް ފަހުރުވެރިކަމާ އެކުގައި ކަމަށް ވެސް އޮޒިލް ހާމަކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޓީމަށްޓަކައިކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޮޒިލް ވަނީ ބުނެފައެވެ. 

ޖަރުމަނުވިލާތަށް އުފަން އޮޒިލް ވަނީ 2014 ވަނަ އަހަރު އެ ގައުމަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ރޯލެއް އަދާ ކޮށްފައެވެ. ނަމަވެސް ނަސްލީ ތަފާތު ކުރުމާއި ފުރައްސާރައިގެ ސަބަބުން އޮޒިލް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. މޮޅުވުމުން ޖަރުމަނު މީހެއް ކަމަށް އަދި ބަލިވުމުން ތުރުކީ މީހެއްކަަމަށް ބުނެ އެކި އެކި ނަސްލީ ފުރައްސާރައާ އޮޒިލް ވަނީ ކުރިމަތި ލާފައެެވެ.

ފެނަބާޗޭއަށް އޮޒިލް ކުޅޭނީ އޭނާގެ އާއިލާ ނިސްބަތްވާ ތުރުކީގެ ޒޮންގުލްދަކްގެ ޕޯސްޓަލް ކޯޑު ކަމަށްވާ 67 ވަނަ ނަންބަރުގައިއެެވެ.

2013 ވަނަ އަަހަރު ސްޕެއިންގެ ރެއާލް މެޑްރިޑް އިން އާސެނަލް އަށް އޮޒިލް ބަދަލުވީ 57 މިލިއަން ޕައުންޑަށެވެ. އެއީ ކްލަބް ޓްރާންސްފާގެ އޭރުގެ ރެކޯޑު އަދަދެވެ. އޭރު އޮޒިލްވަނީ ގިނަ ދުވަސްތަކަށްފަހު އާސެން ވެންގާގެ ދަށުން އޭނާގެ ފުރަތަމަ ސީޒަންގައިވެސް އާސެނަލް އަށް އެފް.އޭ ކަަޕްގެ ތަށި ކާމިޔާބުކޮށް ދީފައެވެ.

އާސެނަލް އަށް 254 މެޗެއްގައި 44 ގޯލު އޮޒިލް ވަނީ ކާމިޔާބު ކޮށްދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.