އެކައުންޓިންގ ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭ މޯލްޑިވްސް) ގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

އާދީއްތަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވެވި މި ބައްދަލުވުމުގައި އައިސީއޭ މޯލްޑިވްސްގެ ރައީސް ހަސަން ޒިޔަތުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަނީ އެކައުންޓިންގ ކިޔަވާ ދަރިވަރުންނާއި ގުޅުންހުރި މުހިންމު ގިނަ ކަންތައްތަކަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން، ސްކޫލް ނިންމާ ދަރިވަރުންނަށް އެކައުންޓިންގ ދާއިރާއިން ކުރިއަށް ދިޔުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދެ ފަރާތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި، މި ފުރުސަތުތައް ފަހިކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އުފައްދަވާފައިވަނީ މި ނިމުނު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، އުފައްދަވާފައިވާ އައިސީއޭ މޯލްޑިވްސްގައި ރާއްޖޭގެ ހުރިހާ އެކައުންޓެންޓުން ރަޖިސްޓްރީ ވާން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.