ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،056 މީހުން ވެކްސިންގެ ފުރަތަ ޑޯޒް ޖަހާފައިވާއިރު، 626 މީހުން ވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފައެވެ.
އެގޮތުން ފުރަތަމަ ޑޯޒް ޖަހާފާއިވާ 5،056 މީހުންގެ ތެރެއިން ގްރޭޓާ މާލެ ސަރަހއްދުން 1،901 މީހަކު ވެކްސިން ޖަހާފާއިވާއިރު، އަތޮލުތެރެއިން 3،155 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި 626 މީހުންގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 451 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާއިރު، އަތޮޅުތެރެއިން 175 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
މިއާއެކު، ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 354،192 އަށް އަރާފައިވާއިރު، 2 ޑޯޒް ފުރިހަކުރި މީހުންގެ އަދަދު ވަނީ 296،498 އަށް އަރާފައެވެ.
ވެކްސިން ޖެހުމަށް ރާއްޖޭގައި 182 ވެކްސިނޭޝަން ސެންޓަރެއް ގާއިމުކޮށްފައިރު، އެޗްޕީއޭ އިން ބުނީ، އޭގެ ތެރެއިން 176 ވެކްސިނޭޝަން ސެންޓަރ އަތޮޅު ތެރެއަށް ކަނޑައަޅާފައިވާއިރު، ބާކީ 6 ވެކްސިނޭޝަން ސެންޓަރ ކަނޑައަޅާފައި ވަނީ މާލެ ސަރަހައްދަށްކަމަށެވެ. އަދި މާލެ ސަރަހައްދުގައި މޯބައިލްކޮށް 3 ޓީމެއް ހަރަކާތްތެރިވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މާލެ ސަރަހައްދުން އެސްޓްރަޒެނެކާ ވެކްސިން ޖަހާ ހުރިހާ ސެންޓަރަކުންވެސް އެޕޮއިންޓަމްނަޓް ނުހައްދާ ވެކްސިން ފުރިހަމަކުރެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެސްޓްރަޒެނެކާ ވެކްސިންޖަހައިދެމުން އަންނަނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، އާޓް ގެލަރީ، އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ. އެހެންނަމަވެސް، ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާފައި ތިބި މީހުންނަށް އެ އުސޫލުގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ޖެހުން އަންނަ ނޮވެމްބަރ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާއިރު، ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ހިނގާ އޯގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމަށެވެ. އެގޮތުން އަންނަ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ބައެއް އާންމު ހިދުމަތް ހޯދުމާއި، ވަޒީފާއަށް ނުކުތުމުގައިވެސް ޝަރުތުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.