ކޮވިޑް-19 އަށް މިއަދު 51 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 14،513 އަކަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 19 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 28 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 3 މީހެކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެކަކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،003 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 917 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 69 އަށް އަރާފައެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،540 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައިވެއެވެ.

މިއަދަކީ ފާއިތުވި 5 ވަރަކަށް ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމަށްފަހު މި އަދަދު މަދުވި ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.