ދުނިޔެ

އަފްގާނިސްތާނުގެ ރައްޔިތުން އެގައުމުން ބޭލުމަށް ގިނަ ފްލައިޓުތަކެއް ބޭނުންވޭ: ކެނެތް ރޮތް

އަފްގާނިސްތާނުގެ ރައްޔިތުން އެގައުމުން ބޭލުމަށް ގިނަ އަދަދެއްގެ ފްލައިޓުތަކެއް އަޅަންޖެހޭކަމަށް ހިއުމަން ރައިޓްސް ވޮޗްގެ އެކްސެކެޓިވް ޑިރެކްޓަރ ކެނެތް ރޮތް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމެރިކާގެ މިލިޓަރީ ފްލައިޓެއްގައި 600 އަށް ވުރެ ގިނަ މީހުން އަރުވައިގެން ކާބުލްއިން ގަތަރަށް ފްލައިޓެއް އެޅުމާއި ގުޅިގެންނެވެ. އެެމެރިކާގޭ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ކާބުލް އިން ގަތަރަށް އެމެރިކާ ސަރުކާރުން އެޅި C-17 މިލިޓެރީ ފްލައިޓުގައި 640 މީހުން ގޮވައިގެން ދަތުރުކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

C-17 ގްލޯބް މާސްޓަރ III ފްލައިޓަކީ އެ ބޯޓުގެ ސައިޑް ސީޓުތަކުގައި 54 މީހުން އުފުލާއިރު، ބިންމަތީގައި ޕެލެޓުޖަހާ 80 މީހުންނާއެކު ޖުމްލަ 134 ޕަސެންޖަރުން އުފުލުމަށް ތައްޔާރު ކޮށްފައިވާ ފްލައިޓެއް ކަމަށް އެ ބޯޓު ހެދި ބޮއިންގްއިން ވަނީ ހާމަކޮށްފައެވެ.

އަފްޣާނިސްތާނުން ފުރާ ފްލައިޓަކަށް ހުރަސްނޭޅުމަށް ތޯލިބާނާއެކު މިދިޔަ އަހަރުގެ ތެރޭގައި އެއްބަސްވެވިފައި އޮތުމާއެކު އަފްގާނިސްތާނުން ފުރާ ބޭރުގައުމުތަކުގެ ސަފީރުންނާއި އެމްބަސީ ތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ އިތުރުން އަފްގާނިސްތާނުގެ ރައްޔިތުންވެސް އެގައުމުން ބޭލުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އަދި، މިވަގުތު ކަބުލް އެއަރޕޯޓުވަނީ އެމެރިކާގެ ސިފައިންގެ ބާރުގެ ދަށަށް ގެނެވި ގިނަ އަދަދެއްގެ ފްލައިޓުތަކަށް ފުރާފައެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ކާބުލް އެއަރޕޯޓުން ހަރަކާތްތެރިވަމުން އައައި އިންފޯމެންޓަކު ވަނީ މެންދުރުގެ ކުރިން 12 ފްލައިޓު ފުރާފައިވާ ކަމަށް ބުނެފައިޥާކަމށް އަލްޖަޒީރާއިން ރިޕޯޓުކޯށްފައެވެ. ކާބުލް އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވި މެދުކެންޑުމެއް ނެތި ފްލައިޓުތައް ޖައްސާ މަންޒަރާއި ނައްޓާލާ މަންޒަރު ފެނިގެންދާ ކަމަށް ނޭޓޯގެ ރިޕްރެޒެންޓޭޓިވް އެއްވަނީ ޓްވީޓާގައި ބުނެފައެވެ.

އެހެންނަމަވެސް ހޯމަދުވަހު ފަސްމީހަކު މަރުވުމާއި ގުޅިގެން ވަނީ ފްލައިޓުތައް މެދުކަނޑާލާފައެވެ. މަންޒަރު ދުއްމީހުން ބުނެފައިވާގޮތުގައި އެމީހުން މަރުވީ ބަޑިޖަހައިގެންތޯ ނުވަތަ މީހުންތައް ގިނަވެ ފްލައިޓަކަށް އެރޭތޯ މަސައްކަތް ކުރުމުގެ ތެރޭގައިކަމެއް ބުނަން ނޭނގޭކަމަށެވެ.

އެމެރިކާ ސިފައިން ކަބުލް އިންޓަނޭޝަނަލް އެއަރޕޯޓުގ ވަށައިގެން ފޯރިމަރާ މަންޒަރު: ފޮޓޯ - އަލްޖަޒީރާ

އިންޑިޔާގެ ރައްޔިތުން އެގައުމުގެ މިލިޓެރީ ފްލައިޓެއްގައި އަނބުރާ ގައުމަށް ގެންދާ މަންޒަރު: ފޮޓޯ - އަލްޖަޒީރާ

ފްރާނސް ސިފައިން އެގައުމުގެ މިލިޓްެރީ ފްލައިޓެއް ވަށާއިގެން ފޯރިމަރާ މަންޒަރު: ފޮޓޯ - އަލްޖަޒީރާ

ކަބުލް އެއަރޕޯޓުގައި ހޯމަ ދުވަހު ފުރަން ތައްޔާރުވަމުން ދިޔަ ފްލައިޓެއްގެ މައްޗަށް އަރާ ތިބި މަންޒަރު: ފޮޓޯ - އަލްޖަޒީރާ

0
0
1
0
0

ކޮމެންޓް

Your email address will not be published.

0 %