އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯޓަރީއިން ދެ ލައްކައަށްވުރެ ގިނަ ޕީސީއާރު ޓެސްޓް މިހާތަނަށް ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ރާއްޖެއިން ކޮވިޑް 19 ފެނުމާއި ހަމައިން ފެށިގެން އެންމެ ބުރަކޮށް މަސައްކަތްކުރަމުން އަންނަ އެއް ބަޔަކީ އެެ ހޮސްޕިޓަލްގެ ލެބޯޓަރީގެ މުވައްޒަަފުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ޖުމްލަ 203،450 ޕީސީއާރު ޓެސްޓް ކޮށް ނަތީޖާ ވަނީ ފޯރުކޮށްދީފައެވެ.
މިއީ ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ ލެބްތަކުގެ ތެރެއިން އެންމެ ގިނަ ސާމްޕަލް ޓެސްޓްކުރި ލެބް ކަމަށްވާއިރު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކޮވިޑަށް ޓެސްޓް ކުރެވޭނެ ނިޒާމްތައް ގާއިމްކޮށްފައެވެ.