މަސް ދޯންޔެއް ފަރަކަށް އަރައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި ރ. ކަނދޮޅުދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް އަރާފައިވަނީ ރ. ދުވާފަރުގެ "ހިތްވަރު" ދޯންޔެވެ. މި ދޯނި ފަރަށް އެރުމާއެކު އިންޖީން ރޫމް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
މި ދޯނީގައި 11 މީހުން ތިބިއިރު މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:12 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.