ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ. 

އަމިއްލަ ފަރާތަކުން ހައި ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ. 

ބަންޑާރަ ނައިބްގެ އޮފީހަށް ރައްދުވާ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމަށް އިލެކްޝަންޝް ކޮމިޝަނުންވެސް ހުށަހަޅާފައިވެއެވެ. އެހެންކަމުން، ކޯޓުން ވަނީ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމުގެ ފުރުސަތު އިލެކްޝަންސްއަށް ދީ، މާދަމާގެ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަނަށްވެސް ކިޔާފަ އެވެ. 

ޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާރު ކުރިމަތިލާފައިވާ ކެނޑިޑޭޓުުުންނާއެކު އިންތިހާބު ބޭއްވުމަކީ "ނާއިންސާފެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު ދިފާއު ކުރައްވާނެކަމަށެވެ. ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ އާންމު ހާލަތާއި މިހާރު ދިމާވެގެން އުޅޭ ހާލަތާއި އޮތް ތަފާތަކީ މުއްދަތު ދިގުލައިގެން ދިޔުން ކަމަށެވެ. 

ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށްވާނަމަ، ރަމަޟާން މަހުގެ ކުރިން އިންތިހާބު ނުބޭއްވޭނެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.