ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރަން ޖެހޭ އަދަދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެނައި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
އެ އިސްލާހުގައި ބުނާ ގޮތުން މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް 10،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބޭރު ކުރާނަމަ ކަސްޓަމްސް އަށް ރިޕޯޓް ކުރަން ޖެހޭނެއެވެ. އަދި 10،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ރާއްޖެއިން އެތެރެ ކުރާނަމަވެސް ކަސްޓަމްސް އަށް ރިޕޯޓް ކުރަން ޖެހޭނެއެވެ.
މި އިސްލާހު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.