ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތައާރަފްކުރި އިގްތިސާދީ ރިކަވަރީ ޕެކޭޖުގެ ދަށުން 381 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެސްޑީއެފްސީ)ން ބުނެފިއެވެ.

އެސްޑީއެފްސީން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނިންވަނީ މިދިޔަ 2020 ވަނަ އަހަރު އަމިއްލަ ވިޔަފާރިކުރާ 639 ފަރާތަކަށް އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ 1414 ފަރާތަކަށް ލޯނުދޫކޮށްފައެވެ. ޖުމްލަ 2205 ލޯނު ދޫކޮށްފައިވާއިރު، އެ ކުންފުނިން ދަނީ ސަރުކާރާއި ގުޅިގެން އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ކޮވިޑާއި ގުޅިގެން އެސްޑީއެފްސީން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ އަމިއްލަ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ކޮމަރޝަލް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. 

އެސްޑީއެފްސީ އަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސައިދިނުމަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށްގެން ލޯނުގެ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.