ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ. 

އެ ޕާޓިން ނެރުނު ބަޔާނުގައި ބުނީ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. 

އިންތިހބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން އަންގާރަ ދުވަހުގެ އަދާލަތުގެ އޮފީހަށް ހުށައަޅަން އެ ޕާޓީން އެދޭއެވެ. 

މި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާން ކުރިން ނިންމާފައި އޮތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ޕާޓީގެ އެންމެ އިސް ދެ މަގާމަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާތީވެ އެކަމަށް ފާޑުކިޔުން އަމާޒުވެ އަސާސީ ގަވާއިދަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.