ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖެ ފެރީގެ ނިޒާމުން ގުޅާލަން އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ތިން އަހަރު ތެރޭގައި ރާއްޖެ ފެރީގެ ނިޒާމުން ގުޅާލަން އަމާޒު ހިފާފައިވާ ކަމަށް އަސްލަމް ހާމަކުރައްވާފައިވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" ގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އަސްލަމް ވިދާޅުވީ، ހައި ސްޕީޑް ފެރީ ނިޒާމުގެ ޕްލޭން އެކުލަވާލާފައިވަނީ ކޮންމެ އާބާދީއެއްގެވެސް އެއް ޕަސެންޓް މީހުން ދަތުރުކުރާނެ ކަމަށް ހިސާބުތައް ޖަހައިގެން ކަމަށެވެ. އެފަދަ ނިޒާމެއް އައުމުން އެއާއި ނުލައި މީހުންނަށް ނޫޅެވޭނެ ކަމަށާއި، ރައްޔިތުން އެއަށް ބަރޯސާ ވާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވިއެވެ. 

''ވަގުތާ އެކީގައި ދަތުރުކުރާ މީހުން އިތުރުވެގެން ދާނެ، އަޅުގަނޑުމެންނަށް ދެވޭ ހިދުމަތަކީ ފަސޭހަ އިތުބާރު ހިފޭ މީހުން ގަބޫލުކުރާ ފެންވަރުގެ ހިދުމަތަކަށްވާ ކަމަށް ވަންޏަ. އަޅުގަނޑުމެން އެންމެ ބޮޑު ފޯކަސް އެއް މި ދެކަން. އިތުބާރު ހިފޭ ފަސޭހަ އަދި މީހުން ގަބޫލުކުރާ ފެންވަރުގައި ބަނދެވިފައި ހުރި އުޅަނދުތަކާއި، ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުން.'' އަސްލަމް ވިދާޅުވިއެވެ. 

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.