ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް އިންޑިއާގައި ފެށުމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ސަރުކާރަށް މަރުހަބާ ވިދާޅުވެއްޖެއެވެ. 

އިންޑިއާއިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ ރަައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަކީ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

މި ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް މަރުހަބާ ވިދާޅުވަމުން ރައިސް ސޯލިހު ވިދާޅުވީ މި ޕްރޮގްރާމާއި އެކު ކޮވިޑުގެ ބަލިމަޑުކަން ނިމުމަކާ ގާތަށް އައިސްފައިވާ ކަން އެނގިގެންދާ ކަމަށެވެ. 

އިންޑިއާގައި ވެކްސިން ޑްރައިވެއް ފަށާފައިވާއިރު، އެގައުމުން ވެސް އިސްކަން ދޭން ނިންމާފައިވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި އެހެން ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު، ރާއްޖެއަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށް އެގައުމުން ވަނީ ނިންމާފައެވެ. 

އެގޮތުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށާއި ރާއްޖެއަށް ވެސް ވަރަށް އަވަހަށް ވެކްސިން ލިބިގެންދާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *