ހއ. އިހަވަންދޫ -- ފޮޓޯ: ވަގުތު

މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 14 ރަށެއް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފިއެވެ.

މޮނިޓަރިންގެ ހާލަތުގައި މިވަގުތު ޖުމްލަ 14 ރަށެއް އޮތް އިރު، އެ ރަށްތަކަކީ މިވަގުތު ދަތުރު ނުކުރެވޭ ރަށްތަކެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވެ ދީފައިވާ ލުއިތަކާއެކު ވެސް މި ރަށްތަކަށް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރެއް ނުކުރެވޭނެއެވެ.

މި 14 ރަށް ފިޔަވައި ރާއްޖޭގެ އެހެނިހެން ރަށްތަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަ ކުރުމަށްފަހު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހިފައިގެން ދަތުރު ކުރެވޭނެއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތައް:

 • ހއ. ތަކަންދޫ
 • ހއ. އިހަވަންދޫ
 • ހދ. މަކުނުދޫ
 • ހދ. ނެއްލައިދޫ
 • ށ. ފީވަށް
 • ރ. ދުވާފަރު
 • ބ. އޭދަފުށި
 • ބ. ކަމަދޫ
 • ކ. ކާށިދޫ
 • އއ. ހިމަންދޫ
 • އދ. ހަންޏާމީދޫ
 • މ. ކޮޅުފުށި
 • ދ. ކުޑަހުވަދޫ
 • ތ. ހިރިލަންދޫ

ރަށެއް މޮނިޓަރިންގެ ހާލަތަށް ލުމަކީ އެރަށަށް އަރާ ފޭބުން މަނާ ކުރުމެވެ. އެހެންކަމުން، މަތީގައި ލިސްޓު ކޮށްފައިވާ ރަށްތަކަށް ދެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކުގައެވެ. ކަރަންޓީނު ނުވެ ދަތުރު ކުރެވޭގޮތަށް ލުއި ދިން ނަމަވެސް، މި ރަށްތަކަށް ދަތުރެއް ނުކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *