މާފުށީ ކައިރީ އޮތް ސަފާރީއެއް ގައި އަލިފާން ރޯވެއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސަފާރީ ގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 13:24 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާ ލޯންޗު ވަނީ މިހާރު އެ ސަރަހައްދަށް މިސްރާބު ޖަހާފައެވެ. 

ސަފާރީ ގައި ތިބި މީހުން އެހެން ލޯންޗަކުން ނަގާފައިވާ ކަމަށާއި، މިހާރު ސަފާރީއިން ދުން އަރާތަން ނުފެންނަ ކަމަށް އާއްމު ފަރާތަކުން އެމްއެންޑީއެފް އަށް ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.