ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 38 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން ކުރި ޓުވީޓެއްގައި ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކޮށްފައެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 196 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،500 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ.
38.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަސް ބެލެވޭ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުއެވެ.