އުޅަނދު ފަހަރު އެޅުމަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. 

އީޕީއޭ އިން ނެރުނު ބަޔާނެއްގައި އެ އެޖެންސީ އިން ބުނީ މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ. 

އެހެންކަމުން އެ އޭޖެންސީ އިން ވަނީ އެންމަޑި، ވައިފިލަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިޞާދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ. 

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކުރުމަށް ނިންމީ 16 ޖޫން 2014 ގައެވެ. 

ދަ ރީފް މަންޓާރޭ ނުވަތަ އެންމަޑި އަކީ ރާއްޖޭގެ ބޮޑެތި ފަރުތަކުން ވަރަށް ޢާންމުކޮށް ފެންނަ މަހެކެވެ. މޮބިއުލިޑައި އާޢިލާ އަށް ނިސްބަތްވާ އެންމަޑިއަކީ އެ އާޢިލާއަށް ނިސްބަތްވާ މަޑިތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑުވާ ކަމަށް ރެކޯޑު ކުރެވިފައިވާ މަޑީގެ ބާވަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *