އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެ ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕްގެ ފަސް ވަނަ އިންޓޭކް ފެށުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. 

އެ ހޮސްޕިޓަލުން ވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 28 ވަނަ ދުވަހާއި ހަމައަށް މި އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. 

އެ ހޮސްޕިޓަލުން ބުނީ ޕްރޮގްރާމަށް ނަގާނީ 20 ކުދިން ކަމަށާއި އިންޓަރންޝިޕަށް ހޮވޭނީ ފޯމުލާ ތަރުތީބުން ކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމު އެ ހޮސްޕިޓަލުގެ ވެބްސައިޓުން ލިބޭނެ ކަމަށް މައުލޫމާތުދެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *