ކޮވިޑް 19 އަށް މިއަދު ވެސް 86 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،426 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 41 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 13 މީހެކާއި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ 3 މީހެކެވެ.

އެޗްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ޕޮސިޓިވް ވި 87 މީހުންގެ ތެރެއިން 32 މީހުން  ޕޮޒިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުންނެވެ. މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީ ސްޓާފުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،331 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 901 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 68 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،505 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައެވެ.

މިފަހަކަށް އައިސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.