މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބ.ގޮއިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބ.ގޮއިދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދެވެ. 

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ބ.ގޮއިދޫގައި 15.9 ކޮލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ފެސިލިޓީ ބެހެއްޓުމަށާއި ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާންގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފެން ޕްލާންޓް ފެސިލިޓީ ބިލްޑިންގެ 31 އިންސައްތް މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން ގޭބިސީތަކުގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ބ.ގޮއިދޫގައި 8.7 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކެއް ގާއިމް ކުރެވޭނެއެވެ. މި މަސައްކަތުގެ ދަށުން ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު އެމްޑަބްލިއުއެސްސީއިން އަންނަނީ ކުރަމުންނެވެ. މީގެއިތުރުންވެސް، މި މަޝްރޫއުގެ ދަށުން ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފައެވެ. 

މި މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް ޖުމްލަ 46,304,686.85 ރުފިޔާ ހަރަދުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.