ފުރުސަތު ލިބުނުހާ އަވަހަކަށް އެކުވެނި ދުވާ ޓްރެކްގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އަލަށް ހުޅުވުނު އެކުވެނީގެ ސިންތެޓިކް ޓްރެކްއަކީ ރައީސް ޞާލިހުގެ ސަރުކާރުން ކުޅިވަރު ކުރެއެރުވުމަށް ކުރާ މަސައްކަތަށް މުހިންމު ބޮޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ޓްރެކްގެ ސަބަބުން އެތުލީޓުން އަދި އާންމު ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށާއި، ސިންތެޓިކް ޓްރެކްގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުންމީދު ކުރައްވާކަމަށް މަހްލޫފް ވިދާޅުވިއެވެ. 

އެކުވެނި ދުވާ ޓްރެކްގައި އަޅާފައިވަނީ 9000 މީޓަރަށްވުރެ ބޮޑު ސިންތެޓިކް ޓްރެކްއެކެވެ. މިއީ އިންޓަނޭޝަނަލް ފެންވަރުގެ ސިންތެޓިކް ޓްރެކެއް ނަމަވެސް، އެކުވެނި ދުވާ ޓްރެކް ސަރަހައްދުގައި ބައެއް ފެސިލިޓީސް މަދުވުމުން އެތަނުގައި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ނުބޭއްވޭނެކަމަށް ކުރިން އޮތީ ހީވެފައެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭނެކަން އެތުލެޓިކްސް އެސޯސިއޭޝަނުން މިހާރު އަންގާފައިވާ ކަމަށާއި ފުރުސަތު ލިބުނުހާ އަވަހަކަށް އެފަދަ މުބާރާތެއް ބާއްވާނެކަމަށެވެ.

މީގެއިތުރުންވެސް، އެކުވެނި ޓަރެކްގައި ބޫޓު ކޭމްޕްވެސް ބޭއްވޭނެކަމަށް މަހްލޫފްވަނީ މިއަދު އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް، ޓަޔަރު އަދި ބަރުކަހަލަ އެއްޗެހި ބޭނުން ނުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިންތެޓިކް ޓްރެކްގެ ސަބަބުން ރާއްޖޭގެ އުލެޓިކްސްއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، އެހެން ބައެއް ކުޅިވަރުތައް ކުރިއެރުވުމަށްވެސް މި ސަރުކާރުންދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން، ފެތުންތެރިންނަށް ހާއްސަ ސްވިމިންގ ޕޫލެއް ބިނާކުރުމަށް އެތަނުގެ ކުރެހުން ރައީސް އަށް ހުށަހެޅުމަށް މިނިސްޓްރީއިން މިހާރު ތައްޔާރުވަމުންދާއިރު، ބައިނަލްއަގްވާމީ ފެންވަރުގެ ނެޓްބޯޅަ ދަނޑެއްވެސް އެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.