މީހެއްގެ ގައިން ނުބައި ވަސް ދުވާ ކަމަށް ބުނެ ހުޅުމާލޭ މިސްކިތެއްގެ ތެރޭގައި މާރާމާރީ ހިންގި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެމިހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އުމުރުން ދުވަސްވީ މީހާ މިސްކިތުން ނެރެން މަސައްކަތް ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.