ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ހަތަރު ދަރިވަރެއް ކޮވިޑް-19 ށް ޕޮޒިޓިވްވެއްޖެއެވެ. 

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި ވައިރަހަށް ޕޮޒިޓިވްވި ހަތަރު ކުދިން ޓްރޭސިންގް ޕީރިއަޑް ތެރޭގައި ސްކޫލަށް ހާޒިރުވެފައި އެއް ނުވެއެވެ. އެހެންކަމުން އެއްވެސް ޓީޗަރެއް އަދި ދަރިވަރެއްވެސް ކަރަންޓީނު ކުރެވިފައި ނުވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ. 

ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުއެވެ. އޭގެ ތެރޭގައި، އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި މާސްކު އެޅުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. ފާއިތުވި 24 ގަޑިއިރު ވެސް 50 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 27 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *